އެއް އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ހާނީއްކަކޮށް ދެ ދޮން ދަރިއަކާ ގަދަކަމުން ޖިންސީ ގުޅުން ހިނގިކަމުގެ ތުހުމަތުގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އެއް އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ހާނިއްކަ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އިތުރުން އޭނާގެ 11 އަހަރާއި 12 އަހަރުގެ ދެ ދޮންދަރިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރޭ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ، މިމައްސަލާގައި ހައްޔަރުކުރެވިފައިވާ މީހާ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މީގެއިތުރުން ފުލހުން ބުނީ، ރޭ ހައްޔަރު ކުރި މިމީހާ އަކީ މީގެ ކުރިންވެސް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ.

މި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޗައިލްޑް އެބިއުސް އިންވެސްޓިގޭޝަން ޔުނިޓުން މިހާރު ދަނީ ތަޙުގީގު ކުރަމުންނެވެ.