ހއ. ބާރަށު ގޮނޑުދޮށުން ފެނުނު ގޮތް ނޭނގޭ އެއްޗަކީ ނުރައްކާތެރި އެއްޗެއްނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ބާރަށު ގޮނޑުދޮށުން މިދިޔަ ހޯމަ ދުވަހު ފެނުނު މި އެއްޗަކީ ކޮންއެއްޗެއްކަން ބެލުމަށް އެމްއެންޑީއެފްގެ ތަޖުރިބާކާރުންގެ ޓީމަކުން ބެލިބެލުމުން، މި އެއްޗަކީ ގޮވާ ޒާތުގެ އެއްޗެއް ނޫންކަމަށާއި އަދި އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.

ބާރަށުން މިފެނުނު އެތި މިހާރުވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ބެލުމުގެ ދަށުގައެވެ.