26 Mar 2014, 09:59
މުއާސަލާތީ ހިދުމަތުން ޓެކްސް ނަގާ ގޮތަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގަވާއިދަށް އިސްލާހުކޮށް ގެޖެޓްކޮށްފި އެވެ.
އިއްޔެ ގެޒެޓްކޮށްފައިވާ އެއިސްލާހުގައި ބުނެފައިވާ ގޮތުން މީގެ ކުރިން ޖީއެސްޓީ ނުނެގުމަށް ހިމަނާފައިވާ ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ޓެކުސް ނެގުމަށް ވަނީ ހިމަނާފަ އެވެ.
ގެޒެޓްގައި ބުނެފައި ވަނީ އެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ މެއި މަހުން ފެށިގެން ކަމަށެވެ. ނަމަވެސް ނަގަނީ ކިތައް ޕަސެންޓް ކަމެއް ގެޖެޓްގައި ހިމަނާފައެއް ނެތެވެ.
އެގަވައިދުގައި ބުނެފައި ވަނީ ޓެލެކޮމިއުނިކޭޝަން ދާއިރާ ގަނެ ވިއްކާ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ އަގު ޖަހައިފައި ހުންނަން ވާނީ ޖީއެސްޓީގެ ގޮތުގައި ނެގޭ އަދަދު ނުހިމަނާ ކަމަށެވެ. އަދި އެ ފަރާތްތަކުން ފޯރުވައިދޭ ހިދުމަތުގައި އަގު ޖަހައިފައި ހުންނަން ވާނީ ހިދުމަތް ގަންނަ ފަރާތްތަކުން އެ ހިދުމަތް ލިބިގަތުމަށް އެ ފަރާތަށް ދައްކަން ޖެހޭ ފައިސާގެ ޖުމުލަ އަދަދު ހިސާބުކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ބުނެފައިވެ އެވެ.
މުދަލާ ހިދުމަތުން ނަގާ ޓެކުސްގެ ތެރެއަށް މުއާސަލާތީ ހިދުމަތް ހިމަނުއްވާފައިވާފައި ވަނީ މިސަރުކާރުން އާންމުދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ.