ކުޑަ އަންހެން ކުއްޖަކަށް ބަރަހަނާ މަންޒަރުތަކެއް ދައްކައި އަމިއްލަ އަށް ބަރަހަނާވި މީހަކު ހދ. ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ބަރަހަނާ މަންޒަރުތަކެއް ދައްކައި އެކުއްޖާ ކުރިމަތީ އަމިއްލައަށް ބަރަހަނާވި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ 9:30 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.