ކޮލަމްބިއާގައި ތުއްތު ކުއްތު ކުއްޖަކަށް ޑައިޓް ކުރުމަށް ޑޮކްޓަރަކު އަމުރު ކޮށްފި އެވެ. އުފަންވުމަށް ފަހު އަދި އުމުރުން އެންމެ އަށް މަސް ވެފައިވާ ސެންޓިއާގޯ އަށް ޑޮކްޓަރު މިހަރުކަށި އަމުރު ކޮށްފައި ވަނީ ބަރުދަނުގައި 20 ކިލޯ ހުރުމުންނެވެ. އެއީ އާއްމުކޮށް އުމުރުން ހަ އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ހުންނަން ޖެހޭ ބަރުދަނެވެ. ސެންޓިއާގޯ އަކީ މިހާރު ކޮލަމްބިޔާގެ އެންމެ ފަލަ ތުއްތު ކުއްޖާއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ސެންޓިއާގޯ އެހާ ބަރުވާން ދިމާވި ސަބަބު ތަކަކީ މާގިނައިން ކާންދީ، އަބަދު ބުއްފުޅި ބޯންދިނުމުންނާއި، ކާއެއްޗެހި ހަޖަމުކުރުމުގައި ދަތިތަކެއް ދިމާވުމުގެ އިތުރުން ސެންޓިއާގޯ އާދަޔާހިލާފަށް ކާހިތްވާތީ އެކުއްޖާގެ ކެއުން ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުންނެވެ.

ސެންޓިއާގޯގެ މަންމަ ބުނަނީ އޭނާގެ ދަރިފުޅު އެހެން ފަލަކޮށް ހުރުމުން ވަރަށް ރީތިވެފައި ލޯބި ކަމަށެވެ. ނަމަވެސް ދަރިފުޅުގެ ސިއްހަތު ރަނގަޅު ނުވުމުން އޭނާ ހުންނަން ޖެހޭ ބަރުދަނަށް ދިއުމަށް އެހީވާން ޖެހޭކަމަށް ޤަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ.

މިހާރު ސެންޓިއާގޯ އަށް ދެނީ ހަމައެކަނި ތަރުކާރީ އާއި މޭވާ ޖޫހެވެ. ބަރުދަން ބޮޑުވެ ސިއްޙީ މައްސަލަ ތަކަކާއި ކުރިމަތިލުމުން ޗަބީ ހާރޓްސް ފައުންޑޭޝަނުން ދަނީ ތުއްތު ސެންޓިއާގޯ އަށް އެހީވަމުންނެވެ. ޑޮކްޓަރުން އުންމީދު ކުރާ ގޮތުގައި ހަމަހާއި ބާރަ މަހާއި ދޭތެރޭގައި 8 ކިލޯއަށް ސެންޓިއާގޯގެ ބަރުދަން ލުއި ކުރެވޭނެ އެވެ.