ކޯރަމް ހަމަނުވެގެން މިއަދު ބާއްވަން ތާވަލު ކުރި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މިއަދުގެ ޖަލްސާ 9:00ގައި ފެށުމަށް ބެލި އިރު ކޯރަމް ހަމަނުވުމުން ރަނގަބީލު ޖެހުމަށް ފަހު ފަސް މިނެޓް ބެލުމުން ވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން 9:15 އަށް ފަސްކުރީ އެވެ. އެއަށް ފަހު 9:15ގައި ވެސް ކޯރަމް ހަމަނުވުމުން އެންމެ ފަހުން މިއަދުގެ ޖަލްސާ ކެންސަލްކުރެއްވީ ކަމަށް ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއުލާންކުރެއްވި އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިންގެން ތިއްބެވީ ޖުމްލަ 11 މެންބަރުންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޯރަމް ހަމަވާނީ 19 މެންބަރުން ހަމަވުންމުންނެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.