ސަން މީޑިއާ ގްރޫޕްގެ ޑެޕިއުޓީ ނިއުސް އެޑިޓަރު އިބްރާހިމް ޒަކީގެ ލޮބުވެތި މަންމަ ޅ. ހިންނަވަރު އައިޝަތު އުމަރު،78، ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ކުއްލި ގޮތަކަށް ނިޔާވެ، މިދުނިޔެ ދޫކޮށްފަ އެވެ.

ސަންގައި އެންމެ ގިނަ ދުވަސްވީ ސްޓާފް ޒަކީއަށާއި އާއިލާ އަށް މި ދަނޑިވަޅުގައި ކުމަތިވެފައިވާ ފުން ހިތާމާގައި ސަން އޮންލައިނާއި ސަން މީޑިއާ ގްރާުޕްގެ މެނޭޖްމެންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަ އެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށެވެ.

މީޑީއާ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވާ ޒަކީގެ މަންމަ ނިޔާވީ މުސްކުޅި ބަލީގައި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ރަށަށް ގެންދިޔަ ތަނާ އެވެ.