މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ އަށް 27 ވޯޓުގެ ތަފާތަކުން ގޮނޑި ގެއްލިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބިލެތްދޫ ދާއިރާގެ 54 ނަތީޖާ ޝީޓު ގުނައި ނިމުނު އިރު ހަމްޒާ އަށް 904 ވޯޓު ލިބިވަޑައިގެންނެވި އިރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު މުބީނަށް 931 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

މި ދާއިރާއަށް ވާދަކޮށްފައި ވަނީ ވެސް ހަމްޒާ އާއި މުބީން އެކަންޏެެވެ.

މި ދާއިރާގެ 2029 މީހުންނަށް ވޯޓު ލިބުމުގެ ހައްގު ލިބިގެންވާއިރު 1868 މީހުން ވޯޓުލާފައިވެ އެވެ.