ރޭ ދަންވަރު ފަލާހު ޕްރީ ސްކޫލް ކައިރި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވުމުގެ ސަބަބުން އައިސީޔޫގައި ފަރުވާދެމުން އެބަ ދެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ އުނަގަނޑުން ކަށިގަނޑެއް އަދި ފައިގެ ފަލަމަސްގަނޑުން ކަށިގަނޑެއް ބިންދައިގެން ގޮސް ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

އެކްސިޑެންޓުވުމުން އަނިޔާވި ޒުވާނާ ވަނީ ސައިކަލުން ވިއްސައިގެން ގޮސް ކައިރީގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުން އެތެރެއަށް ވަދެފަ އެވެ.

ރޭގެ އެކްސިޑެންޓު ހިނގިއިރު ޖެހުނު ދެ ސައިކަލުގައި ހަތަރު މީހަކު އިން އިރު މިހާރު އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހާގެ އިތުރުން އެހެން މީހަކަށް މާ ބޮޑު އަނިޔާއެއްވެފައެއް ނުވެ އެވެ.