ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި އެމްޑީޕީ އަށް ރަނގަޅު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ލަފާކުރައްވާ ކަމަށް އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވޯޓްލެއްވުމަށް ފަހު މިއަދު ނޫސްވެެރިންނަށް ދެއްވި އިންޓަވިއެއްގައި ނަޝީދު ވިދާޅުވީ މިއަދު ބާއްވާ އިންތިހާބްގައި އެމްޑީޕީއަށް ރަނގަޅު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަަމަށެވެ. އަދި އެމްޑީޕީ އަށް މަޖިލީހުގެ ހުރިހާ ދާއިރާއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިވަގުތަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު އިމްތިހާނެއް. ރާއްޖޭގެ ރައްޔިތުން މިއަދު ނިންމާ ގޮތް ދައްކުވައިދޭނީ ރާއްޖެ ދާނެ މަގު. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ އަށް މިއަދު ތަނަވަސް އަގުލަބިއްޔަތެއް ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީ އަށް ސީދާ ލިބޭނީ ކިތައް ގޮނޑިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވައި ނަޝީދު ވިދާޅުވީ އެމްޑީޕީން ދެށް އަދަދަށް ވުރެ ކުޑަ ތަންކޮޅެއް ދަށްވި ނަމަވެސް އެކަށީގެންވާ ޓާންއައުޓެއް ލިބޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އިންތިހާބްގެ ކަންތައްތައް ކުރިއަށްދާ ގޮތާ މެދު ނަޝީދު ވިދާޅުވީ މި އިންތިހާބް ބައިނަލްއަގުވާމީ އުސޫލްތަކާ ވެސް އެއްގޮތަކަށް ކަމުގައިވާއިރު އިންތިހާބް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގެންނަވާ ކަމަށެވެ.