22 Dec 2010, 11:14
ނ. މާޅެންދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ނ. އަތޮޅަށް ދަތުރުކުރާ ބޯޓަކުން އެއަތޮޅު މާޅެންދުއަށް މަސްތުވާތަކެތި ގެންނަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ މާޅެންދޫ ބާރޑްލައިން އުމުރުން 19 އަހަރުގެ އަންވަރު އީސާ އާއި ވ. ރިހިދުވެލި އުމުރުން 19 އަހަރުގެ ޙުސެއިން ސާނިމެވެ.
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި 98 ކަރުދާސްކޮޅާއި ބްލެޓް ސައިޒްގެ ދެ ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އިތުރު އެއްޗެއް މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.