22 Mar 2014, 00:46
ގދ. ކާޑެއްދޫން ފުރައިގެން މާލެ ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުންދިޔަ ބުލޫ ވޮޔޭޖް ކުރޫސަސްގެ "އަލްދަބަރާން" ސަފާރީން ދަތުރުކުރި މީހުން އެމްއެންޑީއެފް ކޯސްޓުގާޑުން ދާދި ދެންމެއަކު މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ، ސަފާރީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދިޔަ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް އެ މީހުން ފެނުނީ ހުކުރު ދުވަހު ހެނދު 9:45 ހާއިރު ގއ. ކޮލަމާފުށީގެ ހުޅަނގު އުތުރުން 126 ނޯޓިކަލް ބޭރުން ކަމަށެވެ.
ސަފާރީގައި ދަތުރުކުރި އަށް މީހުންގެ ތެރޭގައި ފަސް ދިވެހިންނާއި ތިން ބޭރުމީހުން ހިމެނޭއިރު އެމީހުން ފެނުނު އިރު ތިބީ ލައިފްކްރާފްޓް އަކާއި ޑިންގީއެއްގައި ކަމަށް ކޯސްޓް ގާޑުން ބުންޏެވެ. އަދި އެ ޑިންގީއާއި ލައިފްރާފްޓް ގައި ބޯފެނާއި ކާބޯތަކެތި ހުރި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ، ބްލޫ ވޮޔޭޖް ކުރޫސަސްގެ "އަލްދަބަރާން" ސަފާރީ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައި ނުލާ ކަމަށެވެ.