ހެންވޭރު ކޮޅު ގެެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ގާތްގަނޑަކަށް 8:15 އެހާކަންހާއިރު ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ހ. ފްރީވިންޑްގެ ގޭގައި ކުއްޔަށް ދީފައި ހުރި ބައެއްގެ ތެރޭގައި ބަނގުރާ ކައްކަމުން ގެންދިޔަ ބިދޭސީ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެގޭ ތެރެެއިން އަމިއްލައަށް ކައްކާފައި ހުރި ކަމަށް ބެލެވޭ ބަނގުރާ އަޅާފައި ހުރި 1.5 ލީޓަރާއި 500 އެމްއެލްގެ ގިނަ އަދެއްގެ ފުޅިތަކެއްގެ އިތުރުން ބަނގުރާ ކައްކަން ބޭނުންކުރާ ހާލާތްތަކެއް ވެސް ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މީހުންނަކީ އެގޭ ބައެއް ކުއްޔަށް ހިފައިން އުޅޭ ބައެއް ކަމަށާއި އެމީހުން ބަނގުރާ ކައްކަން ތިބީ ބަންދުބެފައި ހުރި ތަނެއްގެ ތެރޭގައި ކަމަަށެވެ.