20 Mar 2014, 17:45
ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސިޓިޒެން ބްރޭންޑްގެ އާ ޓެކްނޮލޮޖީ އާއި އާ ޑިޒައިން ބޭނުންކޮށްގެން އުފައްދާފައިވާ "ސުޕަ ޓައިޓޭނިއަމް" އަތުކުރިގަޑި ރީފްސައިޑުން މިއަދު ވިއްކަން ފަށައިފި އެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ރީފްސައިޑްގެ ސީނިއާ މާކެޓިން އެގްޒެކެޓިވް އަބްދުﷲ ވަހީދު ވިދާޅުވީ ރީފްސައިޑުން މިއަދު ވިއްކަން ފަށާއިވާ ސުޕާ ޓައިޓޭނިއަމް އަތުކުރި ގަޑިއަކީ މީގެ ކުރިން އެ ކުންފުނިން ވިއްކަމުން އައި އަތުކުރި ގަޑިތަކަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ވަރުގަދަކޮށްފައިވާ ގަޑިއެއް ކަމަށެވެ.

ސިޓިޒެން ބްރޭންޑްގެ ސުޕާ ޓައިޓޭނިއަމް އަތުކުރިގަޑި: ގަޑިތަކުގެ އަގު އުޅެނީ 3500ރ. އާއި 6900 ރ. ދެމެދުގައި-- ސަން ފޮޓޯ: ފަޔާޒު މޫސާ
ސުޕަ ޓައިޓޭނިއަމް ގަޑީއަކީ "ޓައިޓޭނިއަމް ޕްރޯސެސިންގް" އަދި "ސާފޭސް ހާޑެނިންގް" ޓެކްނޮލޮޖީ ފާހަގަ ކޮއްލެވެ އެވެ. އެ ދެ ޓެކްނޮލޮޖީގެ ސަބަބުން އެ ގަޑީގެ ބޭރު ކަމަރު ކުރީގެ ގަޑިތަކަށްވުރެ ފަސް ގުނައަށް ވަރުގަދަވާނެ އެވެ. ކުރިން ވިއްކަމުން އައިސްފައިވާ އަތުކުރީގަޑިތަކަށްވުރެ ބަރުދަނަށް ބަލާއިރު 40 ގުނަ އަށް އެ ގަޑި ލުއިވާނެ އެވެ.
އޭގެ އިތުރުން އެ ގަޑީގައި ފާހަގަ ކޮށްލެވޭ މުހިންމު އެހެން ކަމަކަށް ބަލާއިރު އެ ގަޑީގައި ހަރުކޮށްފައިވާ ބެޓެރީ ކޮންމެ އައްޔަކުން ވެސް ޗާޖް ކޮށްދޭނެ ކަމަށް ރީފްސައިޑްގެ ސީނިއާ މާކެޓިން އެގްޒެކެޓިވް އަބްދުﷲ ވަހީދު ވިދާޅުވި އެވެ. އެހެންކަމުން ގަޑި ބޭނުންކުރާ ފަރާތްތަކަށް ގަޑީގެ ބެޓެރީ ބަދަލުކޮށް ނުވަތަ ޗާޖް ކުރަން މަސައްކަތް ކުރާކަށް ނުޖެހޭނެ ކަމަށާއި ކޮންމެ އައްޔަކުން ވެސް އެ ބެޓެރީ ޗާޖު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އެ ގަޑީގެ މޫނުމަތީގައި ބޭނުންކޮށްފައިވާ ބިއްލޫރިއަކީ ތަޅައިގެން ނުދާގޮތަށް ހަދާފައިވާ ބިއްލޫރިއެއް ކަމަށާއި އެ ބިއްލޫރީގައި ކޫރު ނޭޅޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
މިއަދު ވިއްކަން ފަށާފައިވާ ގަޑިތަކުން ކޮންމެ ގަޑިއަކަށް ވެސް އެއް އަހަރުގެ ވޮރަންޓީއެއް ރީފްސައިޑުން ދޭއިރު ގަޑިތަކަށް މައްސަލައެއް ދިމާވެއްޖެނަމަ ސާވިސް ކޮށްދެ އެވެ. އަދި ގަޑިތަކުގެ އަގަކީ 3500ރ. އާއި 6900 ރ. ދެމެދުގެ އަގުތަކެއް ކަމަށް ރީފްސައިޑުން ބުންޏެވެ.