ބައިލައްކަ ރުފިޔާ އަށް ވުރެ އަގުބޮޑު އިނާމެއް ހުށަހަޅާފައިވާ ''މިސްޓާ އެމްއެންޑީއެފް 2010'' ގެ ޕްރީ ޖަޖިން ބާއްވައިފި އެވެ.


އެމްއެންޑީއެފުން ބުނީ ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި މިސްޓާ އެމްއެންޑީއެފް 2010ގެ ޕްރީ ޖަޖިންގައި އެމްއެންޑީއެފްގެ 37 ބައިވެރިން ވާދަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށްފައިވާ އެއްވެސް މީހަކު ހިމެނިފައި ނުވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މިސްޓާ އެމްއެންޑީއެފް 2010 ގެ ގްރޭންޑް ފިނާލޭ ޝޯ މިރޭ 21:00 ގައި އަލިމަސްއުފާ ސްޓޭޖުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިއަހަރުގެ މިސްޓާ އެމްއެންޑީއެފް ޝޯގައި މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތަކައި ރާއްޖޭގޭ މަޝްހޫރު ގިނަ ފަންނާނުންތަކެއް ޝޯގައި ޕާފޯމް ކުރުމުގެ އިތުރުން ސްރީލަންކާގެ ފަޔާ ޑާންސް ސްޕެޝަލިސްޓުންތަކެއްގެ ޑާންސް އައިޓަމުތަކާއި އަދި ހަވާ އެރުވުމުގެ އިވެންޓެއް ޝޯގައި ހިމަނާފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.


މިސްޓާ އެމްއެންޑީއެފް 2010 ގެ މަޤާމަށް ހޮވޭފަރާތަކަށް އިނާމް ހުށަހަޅާފައިވާ އެ މުބާރާތުގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ސްޕޮންސަރުންގެ އެހީތެރިކަމާއި އިވެންޓް ޕާޓްނަރުންގެ ހެޔޮއެދުންތަކާއެކުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.