19 Mar 2014, 22:44
ގދ. ކާޑެއްދޫ ފުރައިގެން މާލެ ދަތުރުކުރި ބުލޫ ވޮޔޭޖް ކުރޫސަސްގެ "އަލްދަބަރާން" ސަފާރީ ގެ ޚަބަރެއްނުވެގެން އެ ސަފާރީ ހޯދުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ސަފާރީއަށް އެން މެފަހުން ގުޅިފައި ވަނީ އިއްޔެ މެންދުރުފަހު 2:30 އެހާކަންހާއިރު ކަމަށެވެ. އޭގެ ފަހުން އެ ސަފާރީގެ ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންނެވެ.
އަލްދަބަރާން ސަފާރީއަކީ ހުދުކުލައިގެ ދަވާދުލާފައިވާ 28 މީޓަރުގެ ދިގު ސަފާރީއެއް ކަމަށާއި އޭގައި ފަސް މީހުން ތިބޭނެ ކަމަށް ސަފާރީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންނޭވެ.
އެ އުޅަނދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދުމަށް ގައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.