އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 244050 ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ހަވާލުކޮށްގެންނެވެ.

އިންތިހާބުގެ ސަލަމާތީ ކަންކަމަށްޓަކައި ވޯޓުކަރުދާހާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން ހާމަ ކޮށްފައިއެއްނުވެ އެވެ.

މި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 302 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. ޖުމްލަ 85 ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި 240،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވެ އެވެ.