19 Mar 2014, 12:44
ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 47 އަހަރުގެ ސިންގަޕޫރު މީހެއް ކަމަށެވެ.
އެކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:45 އެހާކަންހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައި ވަނީ ދިގުރަށު ހުޅަނގުފަރާތު ބޭރަށް ޑައިވިނަށް ގޮސް އުޅެނިކޮށް ކަމަށެވެ.
ޗުއްޓީ ހޭދަކޮށްލަން ރާއްޖެއައިސް އުޅުނު އެމީހާ މަރުވިކަން އދ. އަތޮޅު ސިއްހީ މަރުކަޒުން ވަނީ ކަށަވަރު ކޮށްދީފައި ކަމަށާއި މަރުވީ މީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.