19 Mar 2014, 12:14
އެސްޓީއޯ ހެޑް އޮފީސް ފަޅާލައި ތިންލައްކަ ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެސްޓީއޯ ހެޑް އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލައާ ގުޅިގެން އިއްޔެ 11:50ގައި އުމުރުން 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓިއޯ ހެޑް އޮފީސް ފަޅާލައި، 300،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވަނީ ސެކިއުރިޓީ ގާޑަށް ތޫނު ހަތިޔާރުން ބިރު ދައްކައިގެން ކަމަށް ފުލުހުން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ ސެކިއުރިޓީ ގާޑު ބަނުމަށް ފަހު ފައިސާ ވަގަށް ގެންގޮސްފައި ވަނީ ޕެޓީ ކޭޝް ހުންނަ ތިޖޫރީން ކަމަށެވެ.