19 Mar 2014, 10:29
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހެދުމަށް ހަމަޖެހިފައިވާ ނ. ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ. މި މަޝްރޫއު އަށް 57.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހޮޅުދޫގައި ހެދުމަށް ހަމަ ޖެހިފައިވާ ބަނދަރުގެ ދިގު މިނުގައި 825 ފޫޓު އަދި 200 ފޫޓް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެމްޓީސީއާ އެވެ. އެކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 300 ދުވަސްތެރޭފައި މަސައްކަތްމުޅިން ނިންމަން ޖެހެ އެވެ.
ހޮޅުދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ 10 ރަށެއްގެ ބަނދަރު ހެދުމަށް ކުންފުނިތަކާއި ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތްމިހާރު ދަނީ ކުރެވެމުންނެވެ.