ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ‏ގއ. ‏‏ވިލިނގިއްޔަށާއި، އައްޑޫސިޓީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. ‏

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވިލިނގިލީގެ ރައްޔިތުންނާއި އައްޑޫ ‏‏ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ވިލިނގިއްޔަށާއި އައްޑޫ ސިޓީއަށް ‏‏ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ގޮތާބެހޭ ‏‏މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.