ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފްލެޓް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހަދާފައިވާ އެއްވެސް އެގްރިމެންޓަކަށް އުނި އިތުރެއް ނުގެނައުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު އަންގައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެގްރިމެންޓަށް ބަދަލު ނުގެނައުމަށް އަމުުރު ކުރީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަ ނިމެންދެން ކަމަށެވެ.

"އަޅުގަނޑުމެން އެންގީ އަޅުގަނޑުމެން ބަލަމުންދާ މައްސަލަ ނިމެންދެން އެއްވެސް އެގްރިމެންޓަކަށް އެމެންޑްމަންޓެއް ނުގެނައުމަށް،" ލުތުފީ ވިދާޅުވި އެވެ.

ފްލެޓް އެޅުމަށް ސަރުކާރުން 2010 ވަނަ އަހަރު ޓާޓާ ކުންފުންޏާ ހަވާލުކޮށްފައިވާ ހަތަރު ބިމަކީ ކުރީގެ އޯޑިއޯން ހުރި ބިމާއި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާކޮށްޓެވެ.

ރައީސް ޔާމިންއަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޓާޓާގެ ފުލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ވަނީ އެދިފަ އެވެ.