ޔޫކްރޭނުގެ ކްރައިމިއާއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހަމަޖައްސައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ގާނޫނީ ލިޔުމެއްގައި ސޮއިކޮށްފި އެވެ.

ރަޝިޔާގެ ރައީސް ޕުޓިންގެ ސަރުކާރު އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ޕުޓިން ލިޔުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެ ކަމަށް އަމަލުކުރެވެން ފަށާނެ ކަމަށެވެ.

ކްރައިމިއާއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ނިންމީ، ކްރައިމިއާގެ ރައްޔިތުން ނެގި ވޯޓުގެ 97 ޕަސެންޓް މީހުން ރަޝިޔާއާ ގުޅުމަށް ނިންމުމާ ގުޅިގެންނެވެ.

ކްރައިމިއާގެ ނިންމުން އައި ގޮތުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އިޔޫ) އިން އެ ނިންމުމަކީ ގާނޫނާއި ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކޮށް، ރަޝިޔާ އާއި ޔޫކްރޭނުގެ ބައެއް އޮފިޝަލުންނަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފަ އެވެ.