ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

ޖޫރިމަނާގެ ހުކުމް ކްރިމިނަލް ކޯޓުން ކޮށްފައި ވަނީ ހ. ދެމާގަސްދޮށުގޭ މުހައްމަދު ވިލްދާންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ބަނގުރާ ގެންގުޅުނު ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ. އޭނާ އަށް ޖޫރިމަނާގެ ހުކުމެއް ކޮށްފައި ވަނީ އެތަކެތީގެ ކުޑަ، ގިނަ މިން ދައުވާގައި ބަޔާންކޮށްފައި ނުވާތީ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އޭނާގެ އަތުން ފެނުނު ބަނގުރާ ތަހުލީލު ކުރި އިރު ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމް ގައި ވަނީ ބުނެފަ އެވެ.