17 Mar 2014, 17:56
ފުލުހަކަށް ހަމަލާދިން ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވި ކައުންސިލަރަކު 3000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ބ. ތުޅާދޫ ކައުންސިލް މެމްބަރު ޒިޔާއު ރަޝީދު އިބްރާހީމްގެ މައްޗަށެވެ.
އޭނާ ޖޫރިމަނާ ކޮށްފައި ވަނީ 2012 އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް އެ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް މާލޭގައި އެމްޑީޕީން ކުރި މުޒާހަރާގެ ސެކިއުރިޓީ ބަލަހައްޓަން ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދިން ކަމަށް އަމިއްލައަށް އިއުތިރާފުވުމާ ގުޅިގެންނެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުންނެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމުގައި އޭނާ އަށް ވަނީ އަންގާފަ އެވެ.