މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް، ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

އެމްއެމްއޭގެ ބޯޑަށް ރައީސް އައްޔަން ކުރެއްވި ދެބޭފުޅުންނަކީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް އެންޑް ޓްރެޒަރީ ގދ. ‏‏މަޑަވެލީ ގަހާ، އަހުމަދު މުނައްވަރާއި ހ. ލޭޑީބާޑްއާގޭ، އަބްދުﷲ ޣިޔާސް ‏‏ރިޔާޒެވެ. ‏

އެ ދެބޭފުޅުންގެ އިތުރުން ބޯޑުގައި މިހާރު ތިއްބަވާނީ މޯލްޑިވްސް މަނިޓަރީ ‏‏އޮތޯރިޓީގެ ގަވަނަރާއި، ޑެޕިއުޓީ ގަވަނަރު އާއިޝަތު ޒާހިރާ އާއި، އެސިސްޓެންޓް ‏‏ގަވަނަރު ޑރ. ޢަޒީމާ އާދަމާއި، މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު މަލީހު ‏‏ޖަމާލާއި، މއ.ވަހާރި، ހުސައިން ހިލްމީއެވެ. ‏