17 Mar 2014, 15:45
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާ އަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ކުރިމަތިލައްވާފައިވާ އިސްމާއިލް ރަޝީދު (ސުވެނިއާ އިއްސެ) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ވީޑިއޯއެއް އިންޓަނެޓުގައި ލީކުވެއްޖެ އެވެ.
އިންޓަނެޓްގައި ލީކްކޮށްލާފައިވާ އެ ވީޑިއޯގައި ފެންނަނީ ސުވެނިއާ އިއްސެ ކަމަށް ބެލެވޭ މީހަކު އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރެވެ.
އެ ވީޑިއޯ ކޮށްފައި ކަމަށް ބެލެވެނީ މިދިޔަ އަހަރު އެވެ.
މިވަގުތު ކެމްޕެއިން ދަތުރެއްގައި ތ. އަތޮޅަށް ވަޑައިގެން ހުންނެވި ސުވެނިއާ އިއްސެ އަށް ގުޅުމުން ވިދާޅުވީ އޭނާ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ވީޑިއޯއެއް ލީކުވެގެން އުޅޭ ހަބަރު ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސުވެނިއާ އިއްސެއާ ގުޅޭ މައްސަލައެއް އެ ފަރާތަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ސުވެނިއާ އިއްސެއަކީ މާލޭގައި ސުވެނިއާ ޝޮޕް ހިންގާ އެ ދާއިރާގައި މަޝްހޫރު ފަރާތެކެވެ.