Last Updated:
1 decade 2 year ago

ފުއާދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި

    ބުލޮގު ޚުލާސާ
    އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

    ފުލުހުންގެ މީޑިއާ އޮފިޝަލަކުވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 9:30 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގަތުމަށް ފުއާދަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އޭނާ ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުންގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

    ފުލުސް އޮފީހަށް ފުއާދު ހާޒިރުވާން އެންގި އިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި އޭނާ ހުންނެވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ދައްކާފައިވާ ފޯން ކޯލެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

    ރައީސް ނަޝީދާއި ފުއާދުގެ އޯޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

    ލީކު ވެފައިވާ އެ ފޯން ކޯލުގައި ދަފްތަރުގެ މީހުން ބަހާލާފައިވާ ގޮތާ ގުޅޭ ގޮތުން ނަޝީދު އާއި ފުއާދު ވާހަކަ ދައްކަވަ އެވެ.

    21:44

    ފުއާދު ދާދި ދެންމެއަކު ފުލުހުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެވަޑައިގެންފި. އެމަނިކުފާނުގެ ލޯޔަރަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންސްގެ ހެޑް ހަނީފާ ހާލިދު.