ސްޕެނިޝް ލަލީގާގައި އެސްޕާނިޔޯލް އަތުން މޮޅުވި މެޗަށް ފަހު ބުނާނެ އެއްޗެއް ނޭނގޭ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

ލަލީގާގެ ދެވަނައިގައި އޮތް އެތުލެޓިކޯ އިން ރޭ އެސްޕާނިޔޯލް އަތުން މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ. މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސިމިއޯނީ ބުނީ، ކުޅުންތެރިންގެ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ކުޅުންތެރިން ކުރަމުން އެދަނީ ވަރަށް މުހިންމު މަސައްކަތެއް،" ސިމިއޯނީ ބުންޏެވެ. "ނަތީޖާއެއް ނެރެމަށް ކުޅުންތެރިން ދެއްކި ކުޅުމާއި ހެދި އަހަރެން މިހިރީ ބުނާނެ އެއްޗެއް ނޭނގި އަނގަ ބަންދުވެފައި. 1-0 ލަނޑުން ކުރީގައި އޮތުމަކީ އުނދަގޫ ކަމެއް. ދެވަނަ ލަނޑެއް ކާމިޔާބު ނުކުރެވުނީސް ހިތްހަމަ ޖައްސާލެވޭކަށް ނޯންނާނެ."

ލަލީގާގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި އެތުލެޓިކޯއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. މި ސީޒަނުގައި ވާދަވެރި މެޑްރިޑް ސިޓީގެ ވާދަވެރިކަން ބޮޑުކަން ފާހަގަކޮށްލެވެ އެވެ. ސިމިއޯނީ ބުނީ، އެތުލެޓިކޯގެ ޖާޒީ ފެނުމުން ވެސް އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ.

"އަހަރެމެންގެ ވާދަވެރިން ކުރީގައި އޮތުމަކީ އަހަރެމެންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމެއް،" އޭނާ ބުންޏެވެ. "އެތުލެޓިކޯގެ ޖާޒީ ފެނުމުން ވެސް އަހަރެމެންނަށް އިތުރު ހިތްވަރެއް ލިބޭ. އަހަރެމެންނަށް އަހަރެމެންގެ ސަޕޯޓަރުން ފާހަގަކުރަން އެނގޭ. މިހާ ހިސާބަށް އަހަރެމެންނަށް މި އާދެވެނީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކޮށްގެން."