އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ބޭނުންނަމަ، އިންޓާ މިލާން ކުޅެން ޖެހޭނީ މޮޅުވާން ކަމަށް އެކްލަބުގެ ކޯޗު ވޯލްޓާ މަޒާރީ ބުނެފި އެވެ.

އިޓާލިއަން ސެރީއާގައި ރޭ ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމަށް ފަހު، އިންޓާ ވަނީ ވަގުތީ ގޮތުން ހަތަރު ވަނަ އަށް އަރައިފަ އެވެ. މިރޭ ޗިއޭވޯ އާ ދެކޮޅަށް ކުޅޭ މެޗުން ފިއޮރެންޓީނާ މޮޅުވެއްޖެ ނަމަ، އަލުން އިންޓާ ފަސްވަނަ އަށް ވެއްޓޭނެ އެވެ.

"އަހަރެމެން އަބަދުވެސް ދައްކާނީ އަހަރެމެން ކުރި ކަންތައްތަކުގެ ވާހަކަ. އަހަރެމެންގެ ޓާގެޓަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން. އެކަމަށްޓަކައި އަހަރެމެން ޖެހޭނެ ކުރިއަށް ހުރި މެޗުތަކުން މޮޅުވާން. ކުރީ ސީޒަނުތަކުގެ ކުރީ ކޮޅުގައި އަހަރެމެން ލީގުގެ އެއްވަނައިގައި ހަމަޖެހިގެން ކޮލިފައި ވަނީ. ނަމަވެސް މިފަހަރު އެއާއި މުޅިން ތަފާތު،" މަޒާރީ ބުންޏެވެ.

އަންނަ ސީޒަނުގައި އިންޓަގެ ކޯޗުގެ ގޮތުގައި މަޒާރީ ވަކިވެދާނެ ކަމުގެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ.

"އަންނަ ސީޒަނުގައި ވެސް ހުންނާނީ އިންޓާގެ ކޯޗުގެ ގޮތުގައި. އިންޓާ އާއެކު އަހަރެން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2015 ވަނަ އަހަރު،" އޭނާ ބުންޏެވެ. "އަހަރެން ދައްކަމުންދާ ވާހަކަތައް މީހަކު އެހެން ކޮޅަކަށް ބަދަލުކޮށްލައިގެން ވާހަކަ ދެއްކި،"