ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމް ބާތިލުކޮށްފައިވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފޯމް ބާތިލު ވެފައިވާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަމަ އެ ދަދަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ހެނދުނު 8:00 އިން މިރޭ 8:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ވޯޓުގުނާ ކޮންމެ މަރުކަޒަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުން އެކަމަށް އެދި އެޕްލިކޭޝަން ފޯމާއި އިގުރާރު ފުރިހަމަ ކުރުމަށް ފަހު މުއްދަތު ހަމަވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެފަރާތްތަކުން ހުށަހަޅާ ފޯމުގެ އަދަދު ބަޔާންކޮށް އިލެކްޝަނަށް ސިޓީއެއް ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ހުށަހަޅާ ފޯމުތަކުގެ ފާސްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނެވެ.