މާލެ، މާފަންނު ގެއެއްގެ ފާޚާނާއެއްގެ ފާރު ވެއްޓި ޕާކްކޮށްފައިހުރި ދެ ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެއްޖެ އެވެ.

ރޭ 8:00 އެހައިކަންހާއިރު މާފަންނު، އަސަރީ ހިނގުމުގައި ހިނގި އެ ހާދިސާގައި އެ ފާޚާނާގެ މަގުމައްޗަށް ވާގޮތަށް ހުރި ފާރު ވަނީ އެއްކޮށް ވެއްޓިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.