ޔުކްރެއިންގައި ވަކި ވެރިކަމެއްގެ ދަށުން ހިންގަމުންއަން ކްރައިމިއާ ސަރަހައްދު ބާއްވަން ފެންނަނީ ޔުކްރެއިންގެ ބާރުގެ ދަށުގައިތޯ ނުވަތަ ރަޝިޔާގެ ބާރުގެ ދަށުގައިތޯ ބެލުމަށް ނަގާ ވޯޓާ ދިމާކޮށް، އެސަރަހައްދުގައި ދިރިއުޅޭ ރަޝިޔާއަށް ދާއީތުކުރާ ފަރާތްތަކާއި ޔުކްރެއިނަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ޔުކްރެއިންގެ އިރުމަތީ ސިޓީއެއް ކަމަށްވާ، ކާކީފްގައި ރޭ ހިންގި އެ ހަމަ ނުޖެހުމުގައި، ބަޑިން ހަމަލާދީ ދެމީހަކު މަރާލައި، އިތުރު ފަސް މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާއިރު، ދެފަރާތުގެ ވާދަވެރިން ގެންދަނީ އެ ހާދިސާ ހިނގަންމެދުވެރިވި ސަބަބު އެއްބައެއް އަނެއް ބައެއްގެ ބޮލުގައި އަޅުވަމުން ކަމަށް ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

ކްރައިމިއާ ޔުކްރޭންއާ ވަކިވުމަށް، އެގައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ، މާދަމާ އެވެ. މި މައްސަލަ ހައްލުކުރުމަށް ރަޝިޔާއާއި އެމެރިކާއާ ދެގައުމު އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، ރަޝިޔާއިން ބުނަނީ، އާދީއްތަ ދުވަހު ނަގާ ވޯޓަށް އެގައުމުން އިހްތިރާމް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާއިން ބުނަނީ، އެއީ ގައިރުގާނޫނީ އަމަލެއް ކަމަށެވެ.

ކްރައިމިއާ އޮންނާނީ، ކިޔޭވްގެ ބާރުގެ ދަށުގައިތޯ ނުވަނަ މޮސްކޯ ބާރުގެ ދަށުގައިތޯ ނަގާ ވޯޓަށް ތައްޔާރުވަމުން އަންނައިރު، ރަޝިއާއިން ވަނީ، އެގައުމުގެ އަސްކަރީ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

ޔުކްރެއިންގައި ރޭ ހިންގި ނުރައްކާތެރި ކުރިމަތިލުންތަކުގެ މަންޒަރު ދުށް ފަރާތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވަނީ، ކުރިމަތިލުންތައް ފެށުނީ، ކްރައިމިއާގެ ޔުކްރެއިންއަށް ތާއީދުކުރާ ފަރާތްތަކުން، މަގުމަތީގައި ތިއްބައި، ރަޝިޔާއަށް ތާއީދުކުރާ ގްރޫޕެއް އައިސް އެމީހުންނަށް ހަމަލާ ދިނުމުން ކަމަށެވެ.

އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އިލްޒާމްތައް އަޅުވަމުންދާއިރު ކާކީފްގެ ގަވަރުނަރު އިހޫރް ބަލޫޓާ ވިދާޅުވީ، މިއީ އެސަރަހައްދުގައި ހަމަނުޖެހުން ހިންގަން ބަޔަކު ރާވައިގެން ހިންގަމުންދާ ޖެއްސުންކުރުމުގެ އަމަލުތަކެއް ކަމަށެވެ.