ހދ. ކުޅުދުއްފުށީ ބަންޑާރަމަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ކުޅުދުއްފުށީ ބަންޑާރަމަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އިއްޔެ ހެނދުނު 10:00 ގަ އެވެ. އެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއާމަން ޚާލިދު އަބްދުﷲ އަލީ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޚާލިދު މިއަދު ވިދާޅުވީ އިސްކަންދަރު މަގަކީ 720 މީޓަރުގެ މަގެއް ކަމަށާއި އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި ޖުމްލަ 5.8 ކިލޯ މީޓަރުގެ މަގު ހަދަން ޖެހޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެނިހެން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ޚާލިދު ވިދާޅުވި އެވެ.