15 Mar 2014, 12:03
ގެއްލިފައިވާ އެމްއެޗް 370 ނަމްބަރު މަތިންދާބޯޓްގެ ކޮމިއުނިކޭޝަން ސިސްޓަމާއި ޓްރާންސްޕޮންޑާތައް ނިއްވާލާފައި ވަނީ ގަސްދުގައިކަމުގެ ހެކި ލިބިފައިވާ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފި އެވެ.
ބޯޓް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ދާދި ދެންމެ ބޭއްވި ނޫސްކޮންފަރެންސެއްގައި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ އެކަމުގެ ހެކި ލިބިފައި ވަނީ ސެޓެލައިޓާއި ރާޑަރުން ލިބުނު މައުލޫމާތުތަކުން ކަމަށެވެ.
" ... ސެޓެލައިޓާއި ރާޑަރު ބޭނުންކޮށްގެން ބޯޓް ޓްރެކް ކުރަން ކުރި މަސައްކަތުން ލިބިފައިވާ އާ ހެކިތަކުން ، އެއީ ބޯޓްގައި ހުރި ކޮންމެވެސް މީހަކު ގަސްދުގައި ކުރި ކަމެއްކަން ވަނީ ވަރަށް ބޮޑަށް ޔަގީންވެފައި،" ނަޖީބު މިއަދު ވިދާޅުވި އެވެ.
ބޯޓް ބަޔަކު ހައިޖެކްކޮށްފައިވާ ކަމަށް މެލޭޝިއާގެ އިންވެސްޓިގޭޓަރުން ނިންމާފައިވާ ކަމަށް އޮފިޝަލަކާ ހަވާލާދީ ފެތުރިފައިވާ ރިޕޯޓްތައް އޭނާ ދޮގު ކުރެއްވި އެވެ.