25 Mar 2010, 15:51
19:00
ރެ އާއި މިއަދު ދެ މީހަކަށް ބިރު ދައްކައި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ފިހާރައަކަށް ބަޔަކު ވަދެ ކަޓަރުން ބިރުދެއްކުމަށްފަހު އެތަނުން ފަންސަވީސް ހާސް ރުފިޔާ ފޭރިގެންފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު ވެސް، ފިހާރައެއްގައި އިން މީހަކަށް ކަޓަރަކުން ބިރު ދައްކައި އޭނާގެ އަތުން ތިރީސް ހާސް ރުފިޔާ ފޭރިގެންފައިވާ ކަމަށް ރިޝްވާން ވިދާޅުވި އެވެ.
ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެ ފައިސާތައް ފޭރިގެންފައިވަނީ ހ. ކެކްޓަސް ފިހާރައިންނާއި އަމީރު އަހުމަދު ކައިރީގައި ހުންނަ ބޭސް ފިހާރައަށް ބަޔަކު ވަދެ އެ ފިހާރައިގައި ތިބި މީހުންނަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު އެވެ. އަދި މީގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ކެކްޓަސް ފިހާރައިން ފައިސާތައް ފޭރިގަތް މީހުންގެ ތެރެއިން މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ އެ ދެ މައްސަލަވެސް ވަރަށް ސީރިޔަސް ކަމާ އެކު ތަހުގީގު ކުރަމުންދާ ކަމަށެވެ.