ހދ. ކުރިނބީގައި ހުންނަ އެމްޑީޕީ ޖަގަހަ އާއި ތިން ސައިކަލެއްގައި އަލިފާން ރޯކޮށްލައިފި އެވެ.

ކުރިނބީން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ފަތިހު ގާތްގަނޑަކަށް 3:30 އެހައިކަންހާއިރު ހިނގި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށެވެ.

އޭނާ ބުނީ ރޯކޮށްލި ތިން ސައިކަލުގެ ތެރެއިން އެއްސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައިވާ ކަމަށާއި އަނެއް ދެ ސައިކަލްގެ ބޮޑުބައެއް އަނދާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޖަގަހައިގައި ރޯކޮށްލުމުން އެތަނުގައި ހުރި ސައުންޑް ސިސްޓަމަކާއި ދެ ޓީވީ އާއި ދެ ގޮނޑި އަނދައި ހުލިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.