21 Dec 2010, 09:44
"ސައުތު ސެންޓްރަލް ހެލްތު ސަވިސަސް ކޯޕަރޭޝަން ލިމިޓެޑު"ގެ ނަމުގައި ދަރަންޏަށް ޒިންމާވާ، ސަރުކާރުގެ 100 ޕަސެންޓް ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ލައްވައިފި އެވެ.
އެ ބޯޑުގެ ޗެއަޕަސަނަކަށް ހަމަޖައްސަވާފައި ވަނީ، ތ. ގުރައިދޫ މެދުގޭ ޑރ. މޫސާ މަނިކު އިބްރާހީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ހެންވޭރު އަލިނަރުވިލާ ޙުސައިން ޝާހިދާއި ލ. ގަމު ސޯސަންވިލާ ޢަބްދުﷲ ޝަރީފާއި ތ. ވޭމަންޑޫ ފިނިފެންމާގޭ ހުދާ ރަޝީދާއި ލ. ގަމު މޯނިންސަން މުޙަންމަދު ޒާހިރާއި ތ. ތިމަރަފުށީ އައްސޭރި ޢަލީ ޙުސައިންފުޅެވެ.