13 Mar 2014, 17:35
ބައްޕަ ފޮރުވައިގެން އުޅޭ ފަސް މަހުގެ ތުއްތު ކުއްޖާ ހޯދަން ފެމެލީ ކޯޓުގައި އެދުނީ ޖަރުމަނު އަންހެނެއްކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ.
ފެމެލީ ކޯޓުން ކުރި އަމުރަކާ ގުޅިގެން ސ. މަރަދޫ، ކަންމަތީގެ، އަހުމަދު ޝަރުއާން، 32، ހޯދަމުން އަންނަނީ އޭނާގެ ފަސް މަހުގެ އަންހެން ދަރިފުޅު މަންމައާ ހަވާލުނުކޮށްގެން ނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަރުމަނު އަންހެނަކާ ކައިވެނިކޮށްގެން ލިބިފައިވާ ފަސް މަހުގެ ތުއްތު އަންހެން ކުއްޖާ ގޮވައިގެން ޝަރުއާން ފިލާފައި ވަނީ ދެމެފިރިންގެ މެދުގައި ޖެހުނު "ދީނީ" މައްސަލައަކާ ގުޅިގެންނެވެ.
އެ ކުއްޖާގެ މަންމައަކީ "ސްވިސް އަންހެނެއް" ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، ފެމެލީ ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން އެ އަންހެން މީހާއަކީ ޖަރުމަނު އަންހެނެކެވެ.
ޝަރުއާން ހޯދަމުން އަންނަނީ އޭނާގެ ފަސް މަހުގެ ދަރިފުޅު، 24 ގަޑިއިރުގެ ތެރޭގައި އެ ދަރިފުޅުގެ މަންމައާ ހަވާލު ކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ފެމިލީ ކޯޓުން ޝަރުޢާންގެ މައްޗަށް ކޮށްފައިވާ އަމުރާ އޭނާ ޚިލާފްވެފައި ވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.