އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ކަމަށް މިއަދު އައްޔަން ކުރެއްވީ ގއ. ވިލިނގިލީ، ރޯޒިންވިލާ، އިބްރާހިމް ހަނީފެވެ. އޭނާއަކީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލްކަން ކުރައްވާފައިވާ ބޭފުޅެވެ. މިނިސްޓަރުގެ ނައިބު ކަމަށް ވަޑައިގަތުމުގެ ކުރިން އިބްރާހިމް ހަނީފު ހުންނެވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށެވެ.

އިބްރާހިމް ހަނީފު "ސަން"އަށް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޓީފުޅަކުން އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުކަން އޭނާ އަށް ދެއްވީ މިއަދު ކަމަށެވެ. އަދި ފެށޭ ހަފްތާގައި ވަޒީފާ އަށް ނުކުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.