13 Mar 2014, 17:02
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފެނުނު "ބްލެކް ވިޑޯ ސްޕައިޑާ"ތައް ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
ފައިދިގު މަކުނުގެ އާއިލާގެ އެންމެ ނުރައްކާތެރި އަދި ވިހަގަދަ "ބްލެކް ވިޑޯ ސްޕައިޑާ" ތަކެއް އެއާޕޯޓުން އިއްޔެ ފެނުމާއި ގުޅިގެން އެއާޕޯޓުގެ ބައެއް ހިސާބުތައް މިއަދު ފޮގް ކޮށްފައިވާ ކަމަށް އައިއެންއޭގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
ބްލެކް ވިޑޯ ސްޕައިޑާތަކެއް ފެނިފައި ވަނީ އައިއެންއައިއޭގެ އިލެކްޓުރިކް އެންޑް އެއާކޮންޑިޝަން ޑިޕާޓްމަންޓްގެ ތެރެއިން އެވެ.
ބްލެކްވިޑޯ ސްޕައިޑާތަކެއް އެއާޕޯޓު ތެރެއިން ފެނިފައިވާއިރު، އޭތީގެ ބިސް ވެސް އެއާޕޯޓު ތެރެއިން ފެނިފައިވާ ކަމަށް ވެއެވެ.
ބްލެކް ވިޑޯ ސްޕައިޑާތަކެއް އެއާޕޯޓުން ފެނިފައިވާއިރު، 2006 ވަނަ އަހަރު ވެސް އެފަދަ އެއްޗެހިތަކެއް އެއާޕޯޓުގައި އާލާވުމުން، އެއާޕޯޓުގެ ގިނަ ސަރަހައްދުތަކެއް ފޮގުކޮށް، އެތަކެތި ނައްތާލި އެވެ.
ސަހަރާ ތެރޭގައި އުޅޭ ނާގަ ހަރުފައަށް ވުރެ 15 ގުނަ ވިކަންގަދަ ބްލެކް ވިޑޯ ސްޕައިޑާ ހަފަނީ، އަތްލުމުން ނުވަތަ ޖިސްމާނީ އުނދަގުލެއް ކުރުމުންނެވެ. އެފަދަ ސުޕައިޑާ ހަފައިގެން ފުރާނަ އަށް ނުރައްކާވާ ހާލަތަށްދެ އެވެ.