ޓީޗަރުންނަށް ހާއްސަ ކޮށްގެން އިމާރާތް ކުރި "އެދުރުހިޔާ" އެދުރުހިޔާ ފްކެޓުތައް ކުއްޔަށް ހިފުމަށް އެދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ "އެދުރުހިޔާ" ފްކެޓުތައް ކުށްޔަށް ހިފުމަށް އެދި އެޕްލިކޭޝަން ފޯމް އިތުރުކޮށްފައި ވަނީ އަންނަ މާޗް މަހުގެ 14 ވަނަ ދުވަހަށް ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެދުރުހިޔާ ފްލެޓް އިމާރާތް ހުޅުވައި ދެއްވީ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެ ފްލެޓުތައް އިމާރާތްކޮށްފައި ވަނީ ތައުލީމީ ފަންޑަށް އިސްލާމިކް ބޭންކުން ނެގި 62 މިލިއަން ރުފިޔާގެ ލޯނަކަށެވެ.

މިއީ ތައުލީމީ ފަންޑުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ތައުލީމީ ފަންޑަކީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް 1956 ވަނަ އަހަރު އެކުލަވާލާފައިވާ ފަންޑެކެވެ.