13 Mar 2014, 11:10
މަޖިލިސް ރައީސް އަބުދުﷲ ޝާހިދުގެ ކެމްޕެއިން ޖަގަހަ އަށާއި މައްޗަންގޯޅި ދެކުނު ދާއިރާގެ ހަސަން މަމްދޫހު (މަންޑޭ) ގެ ޖަގަހަށް ގެއްލުންދީފި އެވެ.
ފުލުހުން ބުނީ އެ ދެ ޖަގަހަށް އަށް ވެސް ގެއްލުން ދީފައިވަނީ ރޭ 3:20 ހާއިރު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ އަބުދުﷲ ޝާހިދުގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރި ގަނޑެއް ވަނީ ތަޅާލާފަ އެވެ.
މިމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ހަސަން މަމްދޫހުގެ ކެމްޕެއިން ޖަގަހައަށް ވެސް ރޭ ގެއްލުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް ލިބުނީ ކޮން ކަހަލަ ގެއްލުންތަކެއް ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.