12 Mar 2014, 12:56
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ފިޔަ އާއި އަލުވި އަދި ބިސް އަގު ހެޔޮކޮށްފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި ހުންނަ އެސްޓީއޯ ސުޕަމާޓް އަދި ވިލިމާލޭގައި ހުންނަ އެސްޓީއޯ ފިހާރައިން ފިޔާ އަދި އަލުވި ކިލޯއެއް ހަތް ރުފިޔާ އަށް ލިބޭނެ ކަމަށާއި ބިހެއް 1.25 ރުފިޔާ އަށް ލިބެން ހުންނާނެ ކަމަށެވެ.
ރޯދަ މަހު އެ ތަކެތީގެ އަގުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ފިޔާ އާއި އަލުވި ކިލޯއެއް 10ރ. އަށް ވުރެ ބޮޑު ނުވެ އަދި ކުކުޅު ބިހެއް 1.25ރ. އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ވެސް ހިފަހައްޓައިދޭނެ ކަމަށެވެ.