ކ. ތިލަފުށީ ބަނދަރުތަކުން ހިލަޔާއި ހިލަވެލި ބަލައިދޭނެ އަގު ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ތިލަފުށީގައި ބަނދަރު ހިންގާ ފާރާތްތަކުން ހިލަޔާއި ހިލަވެލި ޓަނެއް ބާލައިދޭނެ އަގަކަށް އެއްބަސް ވެފައިވާ އަގަކީ 137.50ރ. އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ތިލަފުށީގައި ބަނދަރު ހިންގާ ފާރާތްތަކާއި މަޝްވަރާކޮށްއެއް ބަސްވުންތަކެއް އެއްބަސް ވެފައިވާ ކަމަށެވެ.

އެގޮތުން ތިލަފުށީގައި ލޮރީ ދުއްވާ މަގުތައްގާ އަޅައި މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ތިލަފުށީގައި ބަނދަރު ހިންގާ ފާރާތްތަކުން އެއްބަސް ވެފައިވާ ކަމަށެވެ. އަދި އެމަގުތައް ހެދުމަށް ފަހު ހިލަޔާއި ހިލަވެލި ޓަނެއް ބާލައިދޭނެ އަގު 100ރ. އަށް ހެޔޮ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން ހިލަޔާއި ހިލަވެލި ވިއްކުން ހުއްޓާލުމަށް ފަހު މިހާރު ވަނީ އަނެއްކާ ވެސް ވިއްކަންފަށާފަ އެވެ. އެތަކެއްޗަކީ ރާއްޖޭގައި ވަރަށް ޑިމާންޑް ބޮޑު އެއްޗެކެވެ.