ވިހި ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިނގި އޮޕަރޭޝަނެއްގައި 20 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފުލުހުން ހާމަކުރި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް މިއަދު ހަވީރު ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސްއެއްގައި އެކަމާ ބެހޭ ތަފްސީލް ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ އަޑިއަށް ފައްޓާފައި ހުއްޓާ މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފެނުނު 1.8 ޓަނުގެ މަސްތުވާތަކެއްޗެވެ. ނަމަވެސް މިހާތަނަށް އެތަކެތި ރާއްޖެ އެތެރެވެފައިވާ ގޮތް ހޯދިފައެއް ނުވެ އެވެ.