މާލޭގެ މަގުމަތިން ގާތްގަނޑަކަށް ހަތަރު ފޫޓުގެ ހަރުފައެއް ފުލުހުން ހިފައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ ހަރުފަ ފެނިފައި ވަނީ، ގަލޮޅު މަދަރުސާ ހުންނަ މަގުގައި ހުންނަ ނިއު ޓެކްސީ ސާވިސް ކުރިމަތިން ކަމަށެވެ. އަދި ހަރުފައެއް ފެނިގެން އުޅޭ ކަމަށް މިރޭ 7:40ގައި ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން އެ ހަރުފަ ހިފައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިފަހަކަށް އައިސް، ރާއްޖެ އަށް އެތެރެކުރުން މަނާ ބާވަތްތަކުގެ ޖަނަވާރުތައް ރާއްޖެ އިން ފެންނަމުންދެ އެވެ.