Last Updated: 1 decade 2 year ago
އެހެންކަމުން، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި މިއަދުގެ މެޗުން މޮޅުވުމަކީ މި ދެޓީމަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ދެޓީމުގެ ކޯޗުންވެސް ވަނީ ފާހަގަ ކޮށްފައި.
މި މެޗުގައި ފުރަތަމަ ލީޑު ހޯދީ، ސެލަންގޯ އެވެ. އެޓީމަށް ފުރަތަމަ ހާފުގެ ކުޅުން ނިމެން ކައިރިވެފައި ވަނިކޮށް ލަނޑު ޖަހައިދިނީ، އެޓީމުގެ އޮސްޓްރޭލިއާގެ ޑިފެންޑަރު ސްޓީވް ޕަންޓެލިޑިސް އެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅުގައި މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަހްމަދު މުހައްމަދު (އަންމަޑޭ) އެވެ. މާޒިޔާއަށް ޕެނަލްޓީ ލިބުނީ، މާޒިޔާގެ އަސަދުﷲ އަބްދުﷲ ސެލަންގޯގެ ޕެނަލްޓީ އޭރިޔާތެރެއިން ބޯޅަހިފައިގެން ގޯލާ ދިމާއަށް ދަނިކޮށް އެޓީމުގެ ގޯލް ކީޕަރު، މުހައްމަދު ހަސްމާނީ އަސަދުﷲއަށް ފައުލް ކުރުމާ ގުޅިގެންނެވެ.
އަސަދުﷲ އަށް ފައުލު ކުރުމާ ގުޅިގެން ކީޕަރު ހަސްމާނީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުން މެޗުގެ ބާކީބައި، ސެލަންގޯއިން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެހެން ނަމަވެސް އެއްކުޅުންތެރިއަކު މަދުން ކުޅެމުން ދިޔަ ސެލަންގޯ އިން ވަނީ، މާޒިޔާއިން އެކަމުގެ ފައިދާ ނެގިޔަ ނުދީ، ހިފަހައްޓައިފަ އެވެ.
މެޗުގެ ފަހު ހާފުގައި ދެޓީމަށް ވެސް ނަތީޖާ ބަދަލު ކުރަން ފުރުސަތު ލިބުނެވެ. އަދި މެޗު ނިމެން ދަނިކޮށް މާޒިޔާގެ އަބޫ އަށް ލިބުނު ރީތި ފުރުސަތު ފާހަގަކޮށްލެވެ އެވެ.
މި ގްރޫޕްގައި މިއަދު، އިންޑޮނޭޝިއާގެ އެރީމާ އިންޑޮނޭޝިއާއާ ދެކޮޅަށް، ވިއެޓްނާމްގެ ހެނޯއީ ޓީއެންޑްޓީ ކުޅުނު މެޗު 3-1 އިން ކާމިޔާބުކުރީ ހެނޯއީ ޓީއެންޓީ އެވެ. މި ނަތީޖާއާއެކު ހެނޯއީއަށް ވަނީ، ހަ ޕޮއިންޓާއެކު ގްރޫޕް އެފްގެ އެއްވަނަ ލިބިފަ އެވެ. އަދި ދެވަނައިގައި ދެ ޕޮއިންޓާއެކު ސެލަންގޯ އޮތް އިރު އެރީމާ އާއި، މާޒިޔާ ކޮންމެ ޓީމަކަށް ލިބިފައިވަނީ، އެންމެ ޕޮއިންޓެކެވެ.
މެޗާ ބެހޭގޮތުން މާޒިޔާގެ ކެޕްޓަން އަހްމަދު މުހައްމަދު ބުނީ، ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްވަރު ކުރި ކަމަށާއި އެހެން ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފެވުމުން މެޗުން މޮޅު ނުވެވުނީ ކަމަށެވެ.
އަޅުގަނޑުމެން ޓީމުން ވަރަށް ރަނގަޅަށް މިއަދުގެ މެޗުގައި ކުޅުނު. ނަތީޖާ ބަދަލުކޮށް ނުލެވުނީ، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން. ކުރިއަށް އޮތް މެޗު އިރާދަކުރެއްވިޔާ ކާމިޔާބު ކުރާންނަން،