ސްޓާފް ކެންޓީންގެ ކެއުން ކަމު ނުދާތީ އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މުއައްޒިފުން ހަޅުތާލު ކުރަން ކުރަން ފަށައިފި އެވެ.

އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަ ދައްކަމުން މިއަދު ބުނީ ސްޓާފުންނަށް ކާން ދިނުމުގައި އެއާޕޯޓްސް ކޮމްޕެނީ އިން އިހުމާލް ވެފައިވާ ކަމަށެވެ. އެގޮތުން ކެއުމުގެ ފެންވަރު ވަރަށް ދަށް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ކަމު ނުދޭ ކެއުން، އެހެންކަމުން މުއައްޒިފުން ނުކުމެ އެޗްއާރު ކުރި މަތީ މުޒާހަރާ މިކުރަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މުޒާހަރާގައި ގާތްގަނޑަކަށް 50 ވަރަކަށް މުއައްޒިފުން ބައިވެރިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ ޑިމާންޑް އަކަށް ވެފައި ވަނީ އެމްއޭސީއެލްގެ މެނޭޖިންގް ޑައިރެކްޓާ ބަންދު އިބްރާހިމް ސަލީމް ބައްދަލުކޮށް ކެއުން ރަނގަޅު ކޮށްދިނުމަށް އެއްބަސްވުން ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ހޯދާ ލުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.