10 Mar 2014, 13:09
ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަ ކުރާ "ގްލޯބަލް މަނީ ވީކް" ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރަން ފަށައިފި އެވެ.
އެމްއެމްއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ފާހަގަކުރާ އެ ހަފްތާ އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ހަފްތާގެ ތެރޭގައި ގްރޭޑް އެކަކުން ފަހެއް ގެ ދަރިވަރުންނަށް ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް މާލީ ދާއިރާއާ ބެހޭ މައުލޫމާތްތައް ދިނުމަށް ހަމަޖެހިފައިވެ އެވެ. ގްރޭޑް 10 ފެށިގެން މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް އެސޭ ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވެ އެވެ.
މީގެ އިތުރުން ސުކޫލްތަކުގެ އެސެމްބުލީގައި އިގްތިސާދީ ދާއިރާއާ ބެހޭ ސުޕީޗެއް ދިނުމަށް ނިންމާފައިވެ އެވެ.
"ގުލޯބަލް މަނީ ވީކް" ބައިނަލް އަގްވާމީ ފެންވަރެއްގައި ފާހަގަ ކުރާ މިއީ ހަތަރު ވަނަ ފަހަރެވެ.